twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

Dec 20, 2012

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިއީ ކުޅުދުއްފުށީގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތައް ދުއްވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޓްރެފިކް އޮޕަރޭޝަނެކެވެ.

މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މަގުތަކުގައި ވީސީޕީތައް ޤާއިމްކޮށް ވެހިކަލްތައް ބަލައި ފާސްކޮށްފައިވެއެވެ. އަދި ބަލައި ފާސްކުރި އުޅަނދުތަކުގެ ޑްރައިވަރުންނަށް އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތު މަޢުލޫމާތުދީ މި މަޢުލޫމާތުތައް ހިމެނޭ ލީފްލެޓު ބަހާފައިވެއެވެ.

މި އޮޕަރޭޝަނުގައި އެއްގަމުގައި ދުއްވާ 39 އުޅަނދެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާއި ޚިލާފުވި 6 ފަރާތަކާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޝިފްޓް ބީން އިސްނަގައިގެންކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355