twitterviber whatsapp telegramfacebookyoutube instagram
27th August 2025

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

Dec 22, 2012

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީން ކުރާ ޕްރޮގްރާމެއް އިއްޔެ ކުޅުދުއްފުށީގައި ފަށައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްދަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގައި އެވެ.

4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ އޮލިމްޕިކް ކޮމިޓީގެ ބޭފުޅުން ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއްވައެވެ.

ރަށުގެ އެކި އެކި ޖަމްއިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލެވުނު މި ޕްރޮގްރާމްގައި 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.  މިއީ މިފަދަ ޕްރޮގަރާމެއް މި އަހަރުގެ ތެރޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކާއި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ބާއްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355