twitterviber whatsapp telegramfacebookyoutube instagram
9th April 2026

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްޖެ

Dec 24, 2012

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ކުޅުދުއްފުށީ ކައުންސިލާއި އޮލިމްޕިކްސް  އެސޯސިއޭޝަނާއި  ގުޅިގެން ބޭއްވި ”ބޭސިކް ސްޕޯޓްސް އެޑްމިނިސްޓްރޭޝަން” ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރު ޓީއާރު ސީ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް  އާދަމް މޫސާއެވެ.

މިފަހަރު ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި އަލަށް ތަމްރީންވި ފަރާތްތަކަށް މި ދާއިރާގެ އެޑްވާންސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.

މިމަހުގެ 21 އިން ފެށިގެން 4 ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ބޭއްވުނު ތަމްރީން ޕްރޮގްރާމަކީ މިފަދަ ޕްރޮގަރާމެއް  މި އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވީ އޮލިމްޕިކް ކޮމިޓީގެ ބޭފުޅުން ނެވެ.

ރަށުގެ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލެވުނު މި ޕްރޮގްރާމްގައި 30 ފަރާތަކުން ބައިވެރިވެފައިވީ ނަމަވެސް ޕްރޮގްރާމް ނިންމާ މިއަދު ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 14 ފަރާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355