twitterviber whatsapp telegramfacebookyoutube instagram
27th August 2025

ކުޅުދުއްފުށީގައި ހިންގި އިލޮށި، ކަށިކެޔޮފަތް އަދި ފަނުން ތަކެތި ހަދަން ދަސްކޮށްދޭ ކޯސް ނިމިއްޖެ

Dec 26, 2012

ކުޅުދުއްފުށީގައި ހިންގި އިލޮށި، ކަށިކެޔޮފަތް އަދި ފަނުން ތަކެތި ހަދަން ދަސްކޮށްދޭ ކޯސް ނިމިިއްޖެއެވެ.

މިކޯސް ނިންމުމުގެ ގޮތުން  ރޭ ހދ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން މިކޯސް ހިންގެވި ކުޅުދުއްފުށީ އިނގުރުގެ، ހަފްސާ ސައީދު ވިދާޅުވީ  ޓުއަރިޒަމް ހދ އަތޮޅަށް އަދި އައިސްފައި ނުވިނަމަވެސް މިދާއިރާއިން ފައިސާ ހޯދޭނެ މަގެއް މިކޯހުގެ ސަބަބުން ލިބިގެންދާނެ ކަަމަށެވެ.

މި ކޯހުގައި ސަންހެޓް، ވާސް، ފުރުޓް ބާސްކެޓް، އަދި ދަބަސް ވިޔަން ވަނީ ދަސްކޮށްދީފައެވެ. އަދި އަމިއްލަ ޚިޔާލަށް ތަބަކާއި ބެޑްލޭމްޕް ވެސް ބައިވެރިން ހަދާފައިވާ ކަމަށް ހަފްސާ ވިދާޅުވިއެވެ.

1500 ރުފިޔާގެ ފީއަކާއެކު ކުރިއަށްދިޔަ މިކޯހުގައި ކިޔަވައިދެއްވީ ކަމުގެ ތަޖްރިބާކާރެއް ކަމަށްވާ ހއ. ކެލާ ކޯއްޓޭގެ މަހްމޫދު ފައުޒީއެވެ.

މިމަހުގެ 15 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯސް ފުރިހަމަކޮށް 8 ބައިވެރިއަކު ރޭ ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355