twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީގައި ޕީޕީއެމްގެ އާ ގޮތްޕެއް އުފައްދަނީ

Dec 29, 2012

ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އައު ގޮތްޕެއް ކުޅުދުއްފުށީ ގައި އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީޕީއެމްގެ އާ ގޮތްޕެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާގޮފީގެ ނައިބު ރައީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި އަލީ ހުސައިން އެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި އަލަށް ހަދާ ގޮފީގެ ނަމަކީ “ރިޔާސީ ގޮފި” ކަމަށާއި އެ ގޮފި ރަޖިސްޓްރީ ކުރުމަށްޓަކައި 78 މެމްބަރުންގެ ސޮޔާއެކު މާލޭގައި ހުންނަ އެ ޕާޓީގެ މައި އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގައި އެ ގޮފި ތަމްސީލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

ރިޔާސީ ގޮފި އުފެއްދުމުގައި އިސްކޮށް އުޅޭ އެ ޕާޓީގެ މެމްބަރަކު ބުނީ އެ ގޮތްޕަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން ދާކަމަށެވެ. އަދި އެ ގޮފި އިފްތިތާހު ކުރުމަށް ބާއްވާ ޖަލްސާ މިފެށޭ އަހަރުގެ ޖަނަވަރީ 1  ވާ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް ހޮޅުއަށި ކައިރީގައި އޮންނާނެ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ. މިހާރު ވަގުތީ ގޮތުން އެ ގޮފީގެ އޮފީސް ހިގަމުން ދަނީ ފަސްތަރި ގޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355