twitterviber whatsapp telegramfacebookyoutube instagram
8th July 2025

މީހަކަށް މަރުގެ އިންޒާރުދީ ފައިސާތަކެއް ފޭރުނު 2 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއޮފީހަށް ފޮނުވައިފި

Dec 29, 2012

މި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ކުޅުދުއްފުށީގައި މީހަކަށް މަރުގެ އިންޒާރުދީ ފައިސާތަކެއް ފޭރުނު 2 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިޔާއިން މައުލޫމާތުދޭ ގޮތުގައި މި ދެ މީހުންނަކީ ކުޅުދުއްފުށީ ޅޮސްމާގެ އަލީ މާހިރު އާއި ބީޗްސައިޑް ފަޟީލް އަލީ މާހިރު އެވެ. މި ދެމީހުންނަކީވެސް އުމުރުން 21 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު މިރަށު ބަނދަރުމަތީގައި ހުރި މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ފައިސާތަކެއް ފޭރުނުކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355