twitterviber whatsapp telegramfacebookyoutube instagram
19th December 2025

މީލާދީ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ސްޓޭޖް ޝޯވ މިރޭ އޮންނާނެ

Dec 31, 2012

މީލާދީ އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ސްޓޭޖް ޝޯވ މިރޭ އޮންނާނެއެވެ.

ކުޅުދުއްފުށީ ދައްސޫރަ ބޮޑުބެރު ގުރޫޕާއި ޑީއެލްޑީ މިޔުޒިކު ގުރޫޕުން އިންތިޒާމު ކުރާ މި ޝޯވ އޮންނާނީ މިރޭ 8:30 ގައި އާޕޮއިންޓާ ފިހާރަ އާދިމާލު ހިއްކި ބިމުގައެވެ.

މި ޝޯވ ގައި ދައްސޫރަ އާއި ޑީއެލްޑީ ގެ އިތުރުން މީރާސް ބޮޑުބެރު ގުރޫޕާއި، މަލަކާ ގުރޫޕާއި، އިނޮސެންސް ޑާންސް ގުރޫޕް އަދި ކަންމަތި ޑާންސް ގުރޫޕުން އައިޓަމްތައް ހުށައަޅައިދޭނެ އެވެ.

ޑީއެލްޑީގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު އާދަމް (ތިއްތި އަންމަޑޭ) ބުނީ ރަށުގެ ވިޔަފާރިވެރިންނާއި ކައުންސިލުގެ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

މިރޭ ބާއްވާ މި ޝޯވ ގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޝޯއެއް މާދަމާ ހަވީރު އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355