އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން ޕީޕީއެމް އަސުރުމާ ގޮފިން މިރޭ ޚާއްސަ ހަފްލާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
އެގޮފީގެ މެމްބަރެއް ކަމުގައިވާ އަލީ އިބްރާހިމް ބުނީ ލެކިއުޓު ފިހާރަ އާއި ދިމާ އަތިރިމަތީގައި މިރޭ އޮންނަ މި ހަފްލާގައި މަސްފިހުމާއި، ބޮނޑިބަތް ކެއުމުގެ އިތުރުން ޘަޤާފީ ހަރަކާތްތައް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ވަންޖެހުމުގެ ހަރަކާތްތައް މިރޭ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް އަލީ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ޕީޕީއެމް އަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މިހާރު އުފައްދަން މަސައްކަތް ކުރާ ރިޔާސީ ގޮފިން ވެސް މިރޭ ހަރަކާތްތަކެއް ޕީޕީއެމް ހޮޅުއައްޓާއި ދިމާލު ގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަސުރުމާ ގޮފިން މީގެ ކުރިންވެސް ވަނީ މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.