twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ އަތޮޅުގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިމިއްޖެ

Dec 31, 2012

ހދ އަތޮޅު ކައުންސިލާއި އެވިޑް ޓްރެއިނިންގ ސެންޓަރާއި ގުޅިގެން ޕްރީ ސްކޫލް ތަކުގެ ޓީޗަރުންނަށް ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިމިއްޖެއެވެ.

މި ވޯކްޝޮޕް ނިންމުމުގެ ގޮތުން ރޭ ޤައުމީ އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ.

މި ވޯކްޝޮޕްގައި އާރލީ ޗައިލްޑްހުޑް ގެ މޮޑިއުލުގައި ހިމެނޭ ކަންކަމަށް އަލިއަޅުވާލާ ކްލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޕްރީ ސްކޫލް ކުދިންނަށް ކްލާސްތައް ނަގައިދޭނެ ގޮތްތަކާއި އެކުދިންނަށް ސްކޫލުގައި ކިޔަވައިދޭ ލަވަތަކާއި އެލަވަތަކަށް ހަރަކާތް ކުރާނެގޮތްތައްވެސް ވަނީ ކިޔަވައިދީފައެވެ. އަދި މީގެ އިތުރުން ކުދިންނަށް ޖެހޭ ބަލިތަކާއި މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް ދޭންޖެހޭ ފުރަތަމަ އެހީގެ ގޮތްތައްވެސް ކިޔަވައި ދީފައިވެ އެވެ.

2 ދުވަހުގެ މުއްދަތަކަށް ޤައުމީ އިދާރާގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި ހދ އަތޮޅުގެ ޕްރީ ސްކޫލުތަކުގެ 47 ޓީޗަރެއް ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355