twitterviber whatsapp telegramfacebookyoutube instagram
12th February 2026

ހދ އަތޮޅުގައި ހުނަރުވެރި ވާހަކަދެއްކުންތެރިން އުފެއްދުމުގެ ބޭނުމުގައި އަތޮޅު ކައުންސިލުން ވޯކްޝޮޕެއް ފަށައިފި

Jan 1, 2013

ހދ އަތޮޅު ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން، ހދ އަތޮޅުގައި ހުނަރުހުރި ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ސްކޫލުތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ޕުރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ހެނދުނު ފެށި މި ވޯކްޝޮޕަކީ ހދ އަތޮޅުގައި މޮޅެތި ހުނަރުހުރި ވާހަކަދެއްކުންތެރިން ތަކެއް އުފެއްދުމަށްޓަކައި، ދަރިވަރުންނަށް އެހުނަރު ދަސްކޮށްދޭ މުދައްރިސުން އެކަމަށް އަހުލުވެރި ކުރުވުމަށް ބޭއްވޭ ވޯކްޝޮޕެއް ކަމަށް އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވި އެވެ.

ޤައުމީ އިދާރާގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މަޝްހޫރު ވާހަކަދެއްކުންތެރިޔާ އަދި ދިވެހި ބަހުގެ މާހިރެއް ކަމަށްވާ އަންވަރު އިބްރާހިމެވެ.

އިއްޔެއިން ފެށިގެން 3 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ހދ އަތޮޅުން 23 ޓީޗަރުން ބައިވެރިވެފައިވެއެވެ. ކުޅުދުއްފުށީގެ 5 ސްކޫލުން 10 ޓީޗަރުން ދަނީ މި ވޯކްޝޮޕްގައި ބައިވެރިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355