ކުރީ ސަރުކާރުން އުފައްދާފައިހުރި އެޑިއުކޭޝަން ޔުނިޓްތައް އުވާލައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން އެކި ސަރަހައްދުތަކުގެ ގައުމީ އިދާރާގައި ހިންގަމުން އައި އެޑިޔުކޭޝަން ޔުނިޓު އުވާލިކަން އަންގާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްކޫލު ތަކަށް ފޮނުވި ސާރކިއުލާއެއްގައެވެ.
މިކަމާއި ގުޅިގެން މިވަގުތު މަތިއުތުރުގެ އެޑިއުކޭޝަން ޔުނިޓާއި ހަވާލުވެ ހުންނެވި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަފީޒާ އަބްދުއް ރަހްމާނު ވިދާޅުވީ ޔުނިޓު އުވާލާފައިވާ ކަމަށާއި އެހެން ނަމަވެސް ބައެއް މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
ކުރިން ޔުނިޓު ތަކުން ކުރަމުންދިޔަ މަސައްކަތް ދެން ކުރާނީ ކޮންމެ އަތޮޅެއްގައި ޤާއިމް ކުރެވޭ އަތޮޅު ޑެސްކުން ކަމަށްވެސް ހަފީޒާ ވިދާޅުވި އެވެ.
މިޔުނިޓު އުވާލުމުން ސްކޫލު ތަކުން ދެން މަސައްކަތްތައް ކުރާނީ ސީދާ މިނިސްޓްރީ އާއި ގުޅައިގެންނެވެ. އެޑިއުކޭޝަން ޔުނިޓް އުފައްދާފައިވަނީ 2008 ވަނަ އަހަރު އެވެ.