twitterviber whatsapp telegramfacebookyoutube instagram
11th August 2026

ބަޖެޓްގެ ދަތިކަމުގެ ސަބަބުން މި އަހަރު ކިޔަވައި ދިނުމަށް ދަތިވެދާނެކަމަށް އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ވިދާޅުވެއްޖެ

Jan 11, 2013

2013 ވަނަ އަހަރުގެ ބަޖެޓް ލިބިފައިވާ އިރު ލިބިފައިވާ ބަޖެޓަކީ ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި އޭގެ ސަބަބުން ކިޔަވައި ދިނުމަށް ދަތިވެދާނެކަމަށް އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ އެ ސްކޫލުގެ ބެލެނިވެރިނާ ބަދަލު ކުރައްވާ 2013 ވަނަ އަހަރު އެސްކޫލް ގެ ކިޔެވުން ކުރިޔަށް ދާނެގޮތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އެ ސްކޫލުގައި  ބޭއްވި ބަދަލުވުމެއްގަ އެވެ.

އާދަމް މޫސާ  ވިދާޅުވީ މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ އިރު ގިނަ ދަތިތަކެއް ހުރިކަމަށާއި  އެގޮތުން  ދިރާސީ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް އަލަށް ހަދާ އިމާރާތުގެ މަސަކަތް ނުނިމުމާއި އަދި އެސްކޫލަށް ބޭނުން ވާވަރަށް ފަރުނީޗަރު ނެތުމުގެ އިތުރުން ޓީޗަރުން ގެ ދަތިކަން ވެސް އެބަހުރިކަމަށެވެ. އެގޮތުން ކޮމްޕިއުޓަރު  ޓީޗަރަކާއި ބައޮލޮޖީ ޓީޗަރެއް ލިބިފައި ނުވާއިރު ޕްރައިމަރީ ގުރޭޑް ތަކަށް ވެސް ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އޭގެ އިތުރުން މިއަހަރު ފެށުނު އިރު ބައެއް އިދާރީ  މުވައްޒިފުން ސްކޫލުން ވަކިވެފައިވާތީ އިދާރީ  މުވައްޒަފުން ގެ ދަތިކަން ސްކޫލަށް ވަރަށް ބޮޑަށް ކުރިމަތިވެފައި ވާކަމަށެވެ.

އަފީފުއްދީން ސްކޫލަކީ 2013 ވަނަ އަހަރު އެއް ދަންފަޅި އަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ސްކޫލެއް ނަމަވެސް ތަފާތު ސަބަބު ތަކާއި ހުރެ މިއަހަރު ވަނީ އެކަން ވާ ގޮތް ނުވެފައެވެ. މި އަހަރު 495 ކުދިން މިސްކޫލު ގައި ތަޢުލީމް ހާސިލް ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355