twitterviber whatsapp telegramfacebookyoutube instagram
9th April 2026

ޕީޕީއެމް އަސުރުމާ ގޮފިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ޕިކްނިކެއް ބާއްވަނީ

Jan 12, 2013

ޕީޕީއެމް އަސުރުމާ ގޮފިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ޕިކްނިކެއް ބާއްވަމުން އެބަދެއެވެ.

އަސުރުމާ ގޮފީގެ މެމްބަރު މުޖްތަބާ އަހުމަދު ބުނީ ޕިކްނިކެއްގެ އިންތިޒާމު ކުރުމުގެ ބޭނުމަކީ ބޮޑު ޗުއްޓީއެއް ނިމިގެންދާއިރު ގޮފީގެ މެމްބަރުންގެ ތެރޭގައި އެކުވެރިކަމާއި އާއިލީ ގުޅުންތައް ބަދަހިކުރުން ކަމަށެވެ. އަދި އެކުވެރި އުފާވެރި މާހައުލެއްގައި މަޖާވަގުތުތަކެއް ހޭދަކުރާނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުޅުދުއްފުށީ ހުޅަނގު ފަރާތު ހިއްކި ބިމުގެ ގޮނޑުދޮށުގައި މިއަދު ހެނދުނު 9 އިން ފެށިގެން ކުރިއަށްދާ މި ޕިކްނިކްގައި ޕީޕީއެމްގެ މެމްބަރުންގެ އިތުރުން އާއްމުންނަށް ވެސް ބައިވެރިވެވޭނެކަމަށް ޕީޕީއެމް އިން މަޢުލޫމާތު ދެއެވެ.

[yass cats=1]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355