twitterviber whatsapp telegramfacebookyoutube instagram
19th December 2025

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Jan 13, 2013

ޤައުމީދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މިއަދު ކުޅުދުއްފުށީގައި ވެސް ވަނީ ބާއްވާފައެވެ.

މިއަދު ހެނދުނު 5:50 ގައި އަތޮޅު ކައުންސިލް އިދާރާގައި އޮތް މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ރަޝީދެވެ.

ދިދަ ނެންގެވުމަށް ފަހު ރައީސް ދެއްކެވި ވާހަކާގައި ޤައުމީ ދުވަހުގެ ތަހުނިޔާ ކިޔާ ދުވަހުގެ ތާރީޚަށް އަލިއަޅުވާލާ ވާހަކަ ދައްކާފައި ވެއެވެ.

ދިދަނެގުމުގެ މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި މުވައްޒަފުންނާއި، ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ވަނީ  ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355