twitterviber whatsapp telegramfacebookyoutube instagram
16th May 2025
ADVERTISEMENT

ދިރާސީ އަހަރު ފެށޭއިރު ފުރިހަމަ ވާންޖެހޭ ގިނަކަންތައްތައް އޭއީސީގައި ހުރީ ފުރިހަމަވެފައި: ޕްރިންސިޕަލް ޒިޔާދު ރަޝާދު

Jan 13, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ދިރާސީ އަހަރު ފެށޭ އިރު ފުރިހަމަ ވާންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަ ވެފައިވާ ސްކޫލެއް ކަމަށް އެސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު ރަޝާދު މިހެން ވިދާޅުވީ ދިރާސީ އަހަރު ފެށުމުގެ ކުރިން ބެލެނިވެރިންނާއި ބައްދަލުކުރުމަށް މިއަދު ހަވީރު ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޒިޔާދު ވިދާޅުވީ ރާއްޖޭގެ ބައެއް ސްކޫލު ތަކަކީ ފަރުނީޗަރު ނެތް ސްކޫލުތައް ކަމަށާއި، ޕްރިންސިޕަލެއް ހަމަޖެހިފައިނެތް ސްކޫލުތައް ވެސް އެބަހުރިކަމަށެވެ. އަދި ބައެއް ސްކޫލުތަކުގައި ޓީޗަރުން ހަމަނުވާ ކަމަށާއި އެހެންނަމަވެސް އެފަދަ އެއްވެސް ދަތިކަމެއް ސްކޫލު ފެށޭއިރު އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައި ނެތް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޒިޔާދު ވާހަކައިގައި ތައުލީމާއި ތަރުބިއްޔަތަށް ދަރިވަރުން އަހުލުވެރިކުރުމަށް ބެލެނިވެރިންނަށް ގޮވާލެއްވިއެވެ. އަދި ދަރިވަރުން ދީނީ ކަންކަމަށް އާދަކުރުމަށްވެސް ޒިޔާދު ނަސޭހަތްތެރިވެލެއްވިއެވެ. މީގެ އިތުރުން ސްކޫލު އެއްދަންފަޅިއަށް ބަދަލުވެގެން ދިޔުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވާފައިވެއެވެ.

މި ބައްދަލުވުމުގައި ސްކޫލުގެ އެކި ކަންކަމަށް އައި ބޮޑެތި ބަދަލުތަކާއި، ސްކޫލުގެ ޤަވާއިދުތައް ބެލެނިވެރިންނަށް ކިޔައިދެއްވީ ސްކޫލުގެ 2 ލީޑިންގ ޓީޗަރުންނެވެ. މިގޮތުން ޔުނީފޯމަށް އައި ބަދަލުތަކާއި ސްކޫލުގެ ގަޑިތަކާއި އެހެނިހެން މުހިއްމު މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މިއަހަރު އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާ ހދ އޭއީސީގެ ގިނަ އަދަދެއްގެ ބެލެނިވެރިން މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެފައި ވެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com