twitterviber whatsapp telegramfacebookyoutube instagram
11th August 2026

ވަލުތެރެއިން ކެޔޮގަނޑުތަކެއް ކެނޑި ދެ މީހަކު 1 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

Jan 14, 2013

ކުޅުދުއްފުށީ ވަލުތެރެއިން ފަތްކެޔޮގަނޑުތަކެއް ކެނޑި 2 މީހެއްގެ މައްޗަށް 1 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް ކޮށްފައިވަނީ ހދ ކުޅުދުއްފުށީ ޑޭޒީފެހި، މުހައްމަދު ހަސަން ގެ މައްޗަށާއި، ހަމަ މިރަށު ބީޗްސައިޑް ފަޟީލް އަލީ ވަހީދުގެ މައްޗަށެވެ.

ދައުލަތުން މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޖަމާއަތް ހަދައިގެން ވައްކަންކުރި ކަމުގެ ދައުވާއެވެ. މި މައްސަލާގައި އެ ދެމީހުންނާ ދެކޮޅަށް 5 މީހަކު ވަނީ ހެކިބަސްދީފައެވެ.

މިއީ މި ދެ މީހުންގެ މައްޗަށް ވައްކަމުގެ މައްސަލައެއްގައި ހުކުމެއް ކުރި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މި ދެ މީހުންނަކީވެސް ކުށުގެ ރިކޯޑް އޮތް ދެ މީހުންނެވެ. މިގޮތުން، މީހަކަށް މަރުގެ އިންޒާރުދީ ފައިސާތަކެއް ފޭރިގަތް މައްސަލައެއްގައި މީގެތެރެއިންފަޟީލްގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ޕީޖީއަށް ފޮނުވާފައެވެ.  އަދި މުހައްމަދު ހަސަންގެ މައްޗަށް، 2008 ވަނަ އަހަރު އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ، 6 މަސްދުވަހަށް އަރުވާލުމަށް ހުކުމް ކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355