twitterviber whatsapp telegramfacebookyoutube instagram
8th July 2025

ނޮޅިވަރަންފަރުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި 2 މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

Jan 15, 2013

ހދ ނޮޅިވަރަންފަރުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި 2 މީހެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައާއި ގުޅިގެން ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު، އޭޝިޔާ، މުހައްމަދު އަޝްރަފް (25 އަހަރު) އާއި ހަމަ އެރަށު ގުލްބަކާގެ، މައުމޫން މުހައްމަދު (19 އަހަރު)ގެ މައްޗަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރެއާއި، 21 ވަނަ ދުވަހު ތޫނު ހަތިޔާރާއިއެކު ރަށު ތެރެއަށް ނުކުމެ އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންނަށް އިންޒާރުދީ އަދި އެރަށުގެ 4 މީހެއްގެ ގައިގާ ތަޅައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މިމައްސަލަ ފުލުހުން ތަގުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައިވަނީ އިއްޔެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355