twitterviber whatsapp telegramfacebookyoutube instagram
9th April 2026

ނޭކުރަންދޫގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

Jan 15, 2013

ހދ. ނޭކުރެންދޫގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ވަޅިއެއް ހިފައިގެން ރަށުތެރެއަށް ނުކުމެ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންނަށް މަރުގެ އިންޒާރުދީ 18 އަހަރުން ދަށުގެ 2 ކުއްޖެއްގެ ގައިގާ ދަނޑިބުރި ބޭނުންކޮށްގެން ތަޅައި މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ކަމަށެވެ.

އިއްޔެ ފޮނުވި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ނޭކުރަންދޫ، ސޯމާ އާދަމް ޝިފާއު (21 އަހަރު)ގެ މައްޗަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355