twitterviber whatsapp telegramfacebookyoutube instagram
11th August 2026

މިއަހަރު މެޕްސް ކޮލެޖާ އަލަށް ގުޅުނު ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

Jan 16, 2013

2013 ވަނަ އަހަރު މެޕްސް ކޮލެޖާ އަލަށް ގުޅުނު ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް އިއްޔެ ބާއްވައިފި އެވެ.

އޮރިއެންޓޭޝަން ސެޝަން ތަކުގައި ދަރިވަރުންނަށް ކޯސްތަކުގެ ކޯޑިނޭޓަރުން ވަނީ ތައާރަފްކޮށް ދީފައިވެއެވެ. އަދި މީގެ އިތުރުން ކޮލެޖްގެ ވައިސް ރެކްޓަރ އަބްދުލް އަޒީޒް އިބްރާހިމާއި، ޑީން އޮފް ސްޓޫޑެންޓްސް ފާތިމަތު ރަޝީދާއި ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޝާއިފްވަނީ ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

މިގޮތުން އަބްދުލްއަޒީޒް އިބްރާހިމްގެ ވާހަކައިގައި ކިޔެވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ހިތްވަރާއެކު މަސައްކަތްކޮށް ފަޚުރުވެރިވާފަދަ ނަތީޖާއަކާއެކު ކިޔެވުން ނިންމާލުމަށް ނަސޭހަތްތެރި ވެލެވެއްވި އެވެ. އަދި ފާތިމަތު ރަޝީދު ވަނީ ޤަވާއިދު ތަކާއި އަމަލުކުރަންޖެހޭ ގޮތްތައް އޮޅުންފިލުވައިދީ ލެކްޗަރަރ އިން ތައާރަފް ކޮށްދީފައެވެ.

މިއަހަރު މެޕްސް ކޮލެޖާއި ގުޅުނު ދަރިވަރުންގެ ކިޔެވުން މިއަދު ފެށޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355