twitterviber whatsapp telegramfacebookyoutube instagram
27th October 2025

ހަނިމާދޫ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ފެށުމުގެ ހުއްދަ ހޯދަން ހުށައަޅައިފި

Jan 17, 2013

ހދ ހަނިމާދޫ އިންޓަރނޭޝަނަލް ދަތުރުތައް ފެށުމުގެ ހުއްދަ ހޯދަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ހުށައަޅައިފިއެވެ.

ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަން ލައިސަންސް ހޯދަން ރީޖަނަލް އެއާޕޯޓްސް އިން ހުށަހަޅާފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެއިން ޖަލީލު މިއަދު ވަނީ ވިދާޅުވެފައެވެ.

ހުއްދަ ލިބެންވާއިރަށް އެއާޕޯޓްގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ހުރިގޮތް ރީޖަނަލް އެއާޕޯޓްސް އިން މިހާރު އަންނަނީ ބަލަމުންނެވެ. މިގޮތުން ދަތުރުތައް ފަށާއިރު އެތަނުގައި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން ސެކިއުރިޓީ އާއި އެނޫން ވެސް ބައެއް ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ކުރިން އެއާޕޯޓްގެ ޓާމިނަލް ވަނީ ބޮޑު ކޮށްފައި އެވެ. އަދި އިމިގްރޭޝަނާއި ކަސްޓަމްސް އަށް ވަކިން އޮފީސްތައް ވަނީ ހިމަނާފައެވެ.

މިދިޔަ ހަފްތާގައި މިނޫހަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވެފައި ވަނީ ފެބްރުއަރީ ފެށެންވާއިރަށް ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރު ވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވެސް ސާމީ އަގީލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355