twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޒިގްޒެގް ފުޓްސަލް މުބާރާތުގައި ޕޮލިސް ޓީމަށް ލިބުނު ކާމީޔާބީ ފާހަގަކޮށްފި

Jan 20, 2013

މިދިޔަ އަހަރު ބޭއްވި ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުން، އެޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ޑިނަރ ނައިޓެއް ބާއްވައިފި އެވެ.

ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ހުސްބިމުގައި އޮތް މި ޑިނަރނައިޓަކީ މިދިޔަ އަހަރުގެ މުބާރާތުގައި ލިބުނު ކާމިޔާބީގައި މުބާރާތުގައި ވާދަކުރި އެހެން ޓީމުތައް ވެސް ބައިވެރިކޮށްގެން އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ބޭއްވި ޑިނަރނައިޓެއްކަމަށް ކުޅުދުއްފުށީ ފުލުހުން މައުލޫމާތު ދެއެވެ.

މި ޑިނަރނައިޓުގައި މުބާރާތުގައި އެކި ގޮތްގޮތުން ޕޮލިސް ޓީމަށް އެހީތެރިވެދެއްވި ފަރާތްތަކަށް އިނާމާއި އެވޯޑް ވަނީ ހަދިޔާ ކޮށްފައެވެ. އިނާމުތައް ބައްސަވައިދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދެވެ.

ރޭގެ މި ޑިނަރނައިޓް ކުރިއަށް ދިޔަ ވަގުތުގައި މިސްގާލް ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 އިން 27 ގެ ނިޔަލަށް ކުރިއަށް ދިޔަ ޒިގްޒެގް އިންޓަރ އޮފީސް ފުޓުސަލް މުބާރާތުގައި ޖުމްލަ 11 ޓީމަކުން ވަނީ ބައިވެރި ވެފައެވެ.  ޕޮލިސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެމްއެންޑީއެފާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355