twitterviber whatsapp telegramfacebookyoutube instagram
27th October 2025

އުފަންވުމާއެކު ކުޑަކުދިން ރީދޫވުމުން ސަލާމަތްކުރުމަށް މުހިއްމު ޓެސްޓެއް ހޮސްޕިޓަލުން ހަދަން ފަށައިފި

Jan 23, 2013

އުފަންވުމާއެކު ކުޑަކުދިން ރީދޫވުމުން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް މުހިއްމު ޓެސްޓެއްގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަލަށް ހަދަން ފެށި މިޓެސްޓަކީ ޖީ.ސިކްސް.ޕީ.ޑީ ޓެސްޓެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މިޓެސްޓް ހެދޭނެ ކަމަށާއި، އަދި ޓެސްޓް ހަދަމުން ދަނީ މެނުއަލްކޮށް ކަމަށެވެ.

ކުޑަކުދިން އުފަންވުމާއެކު ދިމާވާ ރީދޫވުމުގެ މައްސަލައިގެއެއް ސަބަބު ކަމަށްވާ ޖީސިކްސްޕީޑީ ޑެފިސިޓް މިންވަރު  ދެނެގަތުން ފަދަ މުހިއްމު ކަންކަމަށް މި ޓެސްޓްގެ ބޭނުން ހިފޭނެ ކަމަށާއި މިއީ ވަރަށް ބޭނުންތެރި ޓެސްޓެއް ކަމަށްވެސް މުހައްމަދު ހަސަން ވިދާޅުވިއެވެ. އަދި މި ޓެސްޓަކީ ވަރަށް ގިނަ ޑޮކްޓަރުން އެދިލައްވާ ޓެސްޓެއް ކަމާއި ކުޅުދުއްފުށީގެ ފަރާތްތަކުން ކުރިން މި ޓެސްޓް ހަދަމުންދަނީ މާލެއިންކަންވެސް މުހައްމަދު ފާހަގަ ކުރެއްވި އެވެ.

ގުލުކޯސް 6 ފޮސްފޭޓް ޑީހައިޑްރޯޖިނޭސް (ޖީ.ސިކްސް.ޕީ.ޑީ) އެންޒައިމް ޓެސްޓަކީ މި މާއްދާ ހަށިގަނޑުން މަދުވާ ވާ މިންވަރު އަންގައިދޭ  ޓެސްޓެކެވެ. އަދި ކުޑަކުދިންނާ ނުގުޅޭ ބޭސް ވެސް މި ޓެސްޓް ގެ އެހީގައި އެނގިގެން ދާނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355