twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހޭންޑް ފުޓް އެންޑް މައުތް ބަލި ޖެހިގެން 16 ކޭހެއް ރިޕޯޓްކޮށްފައިވޭ: ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓު

Jan 24, 2013

ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން 16 ފަރާތަކުން އިއްޔެގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ކަމަށް ކުޅުދުއްފުށީގެ އާއްމު ސިއްހަތާބެހޭ ޔުނިޓުން ބުނެފި އެވެ.

އެޔުނިޓުގެ ފަރާތުން ވާހަކަ ދެއްކެވި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ޝަބާނާ އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެގެ ނިޔަލަށް 16 ކޭސް އެއް ފެނިފައިވާ ކަމަށާއި، ހަލުވިކަމާއި އެކު އަދި ފެތުރެމުން ނުދިޔަ ނަމަވެސް އާއްމު ވެއްޖެ ނަމަ މިއީ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ.

މިއީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއްކަމުން ސްކޫލު ތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދީ ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ޕަބްލިކް ހެލްތް ޔުނިޓުން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަފީފުއްދީން ސްކޫލާއި، އަމީރު އަމީން ސްކޫލާއި، އައިޕީއެސް ގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ބެލެނިވެރިންނަށް މިހާރު ވަނީ މައުލޫމާތު ދީފައެވެ. އަދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުން މިރޭ އޮންނާނެ ކަަން ވެސް ޝަބާނާ ފާހަގަ ކުރެއްވިއެވެ.

ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް އަކީ ވައިރަސްއަކުން ޖައްސާ، ގައިންގަޔަށް އަރާ ބައްޔެކެވެ. ކުޅުދުއްފުށީގައި މިބަލި ފެތުރިދާނެ ކަމުގެ ސިގްނަލް ޕަބްލިކް ހެލްތު ޔުނިޓުން ވަނީ ދީފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355