twitterviber whatsapp telegramfacebookyoutube instagram
13th May 2025

ވައިސް ޗީފް ޑިފެންސް ފޯސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

Jan 24, 2013

އެންއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު މުހައްމަދު އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.

އެންއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން އެމްއެންޑީއެފްގެ ކުޅުދުއްފުށީ ޕޯސްޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިންނާއި ބައްދަލުކުރައްވާފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް އަހުމަދު މުހައްމަދު މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީ މާވާގެއަށް ޒިޔާރަތްކުރައްވައި ޝަހީދު ހުސައިން އާދަމްގެ ބައްޕަ އާއި މަންމައާ ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލު ބައްލަވާލައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ވައިސް ޗީފްގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ހދ ހަނިމާދޫއަށް ވަޑައިގެން، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަލް އެއަރޕޯޓަކަށް ހެދުމަށްޓަކައި އެތަނުގައި ސިފައިން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައި ވެއެވެ.

މިދަތުރުފުޅުގައި ހދ. އަތޮޅު ކައުންސިލާއި ހދ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލް މެމްބަރުންނާއެކު އެއަރޕޯޓް ކޮންފަރެންސް ހޯލްގައި ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަށްފަހު ސިފައިންގެ ފަރާތުން ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރަނގަޅު ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި އެމްއެންޑީއެފް އާއި ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއިމެދުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިދަތުރުފުޅުގައި އެމްއެންޑީއެފް ސާރވިސް ކޯރގެ އެކްޓިންގ ކޮމަޑާންޓް ކާނަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި އެކްޓިންގ ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަޙުމަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355