twitterviber whatsapp telegramfacebookyoutube instagram
9th April 2026

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ސްކޫލުން ބެލެން ހުންނާނެ: ޖަލާލުއްދީން ސްކޫލް

Jan 28, 2013

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް މިއަދުން ފެށިގެން ބެލެން ހުންނާނެ ކަމަށް ޖަލާލުއްދީން ސްކޫލުން ހާމަކޮށްފި އެވެ.

މިކަމާ ގުޅިގެން ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ވިދާޅުވީ ސްކޫލަށް އޮންލައިންކޮށް ނަތީޖާތަކަށް އެކްސެސް ނުލިބުމުގެ ސަބަބުން ނަތީޖާ ދޫކުރުން ލަސްވެފާވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ނަތީޖާ ބެލެން ހުންނާނެ ކަމަށްވެސް އަލީ އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މާލެއާއި ރާއްޖޭގެ އެކި އެކި ސްކޫލުތަކުގައި މިމަހުގެ 22 ވަނަ ދުވަހު ވަނީ ނަތީޖާ ދޫކުރަން ފަށާފައެވެ. އެދުވަހު ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބް ވަނީ ދަރިވަރުން އިމްތިހާން ހެދި ސެންޓަރުތަކުން އޮންލައިނުކޮށް ނަތީޖާ ތައް ބެލޭނެ ކަމަށާއި ކޮންމެ ސްކޫލަކަށް ޕާސްވޯޑެއް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ޖަލާލުއްދީން ސްކޫލުގައި މިދިޔަ އަހަރު 190 ދަރިވަރަކު ވަނީ އޯލެވެލް އިމްތިހާން ހަދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355