twitterviber whatsapp telegramfacebookyoutube instagram
13th May 2025

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ޖަލާލުއްދީން ސްކޫލުގެ 7 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިއްޖެ

Jan 31, 2013

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ 7 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިއްޖެ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާއިން ދައްކާ ގޮތުގައި، ގައުމީ ގަދަ 10 ގެ 1 ވަނާގައި އެ ސްކޫލުގެ އެއް ދަރިވަރަކު ވަނީ ހިމެނިފައެވެ. މީގެ އިތުރުން 2 ވަނާގައި 1 ދަރިވަރަކު ހިމެނޭއިރު، 4 އަދި 5 ވަނާގައިވެސް އެ ސްކޫލުގެ ދަރިވަރަކު ވަނީ ހިމެނިފައި އެވެ. އަދި 6 ވަނާގައި ޖަލާލުއްދީން ސްކޫލުގެ 3 ދަރިވަރަކު ވަނީ ހިމެނިފައެވެ.

އެކިއެކި މާއްދާތަކުން ޖުމްލަ 14 “އޭ ސްޓާރ” ލިބިފާވާއިރު 71 “އޭ” ވަނީ ލިބިފައެވެ. އިނގިރޭސިން “ސީ:” ގްރޭޑުން މަތި ލިބިގެން 37 ދަރިވަރަކު ވަނީ ފާސްވެފައެވެ. 76 އިންސައްތަ ދަރިވަރުން ދިވެހިން ފާސްވެފައިވާއިރު އިސްލާމުން ފާސްވެފައި ވަނީ 67 އިންސައްތަ ދަރިވަރުންނެވެ. އަދި ބައޮލޮޖީއިން 51 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފައި އެވެ.

2011 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ގަދަ ދިހައެއްގައި ޖަލާލުއްދީންގެ 5 ދަރިވަރަކު ހިމެނުނު އިރު ވޭތުވެދިޔަ އަހަރު އެ އަދަދު ވަނީ ހަތަކަށް އިތުރުވެފައެވެ. 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް 8 މާއްދާއިން އޭ ފާސް ހޯދާ ކުދިންގެ ލިސްޓުގައި ނުވަތަ ގަދަ ދިހައެއްގެ 1 ވަނަ ޖަލާލުއްދީންގެ ދަރިވަރެއް ހޯދައެވެ.

ހުސްވި 2012 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގައި ޖުމްލަ 189 ދަރިވަރަކު ވަނީ އޯލެވެލް އިމްތިހާން ހަދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355