twitterviber whatsapp telegramfacebookyoutube instagram
27th September 2026

ހއ ތަކަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Jan 31, 2013

ހއ. ތަކަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު މަސްތުވާތަކެއްޗާއެކު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް  ގެންގޮސްފައި ވަނީ އުމުރުން 23 އަހަރުގެ އަންހެނަކާއި 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ތަކަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ދިއްދޫގައި މަސައްކަތް ކުރާ ފުލުހުން އެރަށަށްގޮސް ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ 23 ވަނަ ދުވަހު  ތަކަންދުއަށް އައި ބޯޓަކުން ބަނދަރަށް ފޭބި ވަގުތު ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މަސްތުވާތަކެތި ފެނިފައިވަނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ފިރިހެން މީހާ އެއްޗެއް އެއްލާލި ތަން ފެނިގެން އެސަރަހައްދު ބަލައި ފާސްކުރުމުން  އެސަރަހައްދުންނާއި އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ޗެކްކުރިއިރު މީނާ ފުރަގަސް ފަރާތުގައި ފޮރުވާފައި ހުއްޓާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މީގެ ތެރެއިން  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ރަބަރު ޕެކެޓް ފެނިފާވަނީ ބަނދަރުމަތިންނެވެ. އަދި މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ 9 ސެލޯފިންކޮޅު ފެނިފާވަނީ މީނާގެ ފުރަގަސް ފަރާތުންނެވެ. މީގެ އިތުރުން މި މީހާގެ އަތުން މަނާ ބޭސްތަކެއް ފެނިފާވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މަސްތުވާތަކެތީގެ މިމައްސަލަ ދިއްދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހްޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293