twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން ތަޢާރަފުކޮށްފި

Feb 4, 2013

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން ށ.ފީވަކުގައި އެމްއެންޑީއެފް އިން ތަޢާރަފުކޮށްފި އެވެ.

މިކަމަށްޓަކައި ރޭ ފީވަކުގައި އޮތް ރަސްމިއްޔާތުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން ތަޢާރަފްކޮށް އިފްތިތާޙުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ.  އެމް އެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުންނަކީ އެމްއެންޑީއެފްގެ ވަރަށްބޮޑު އެހީތެރިކަމާއެކު މީގެ ދުވަސްކޮޅެއް ކުރިން އުފެއްދި ފަޔަރ ފައިޓަރުންނެވެ.

މިގޮތުން އެފަޔަރ ފައިޓަރުން މަސައްކަތްކުރާނެ އިކުއިޕްމަންޓާއި އާލާތްތައް ހުރިމިންވަރަކުން ހަވާލުކޮށްދެއްވާފައިވާ ކަމަށާއި  ހަތަރު ފުރޮޅުލީ ކުޑަ ވެހިކަލްއަކާއި އަދި ފަޔަރ ޕަންޕަކާއި އަލިފާން ނިއްވަން ބޭނުންކުރާނެ ހޮޅިތަކެއް ށ.ފީވަކަށް ހަދިޔާކޮށް އެރަށުގައި ފަޔަރ ފައިޓިންގ ޔުނިޓެއް ޤާއިމު ކޮށްފައިވާ ކަަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކައިގައި މިއީ ވަރަށް ޒަމާނުއްސުރެ ގެންގުޅެމުންއައި ވިސްނުންފުޅެއް ކަމަށާއި ނަމަވެސް މިފަދަކަމެއް ކުރާނެ ރަށެއް ރާއްޖެ މިހާރު މިއޮތް ހާލަތަށް ވިސްނާއިރު ހަމަޖައްސަން އުނދަގޫ ކަމަށް ވިދާޅުވިއެވެ. އަދި ކުރިން ފީވަކުގައި ހިންގި މަލްޓި މީޑިއާ އެވެއާނަސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ފީވަކު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ފީވަކަކީ އެފަދަ ކަމެއް ކުރެވިދާނެ ރަށެއްކަމަށް ދެކެވަޑައިގެން ފީވަކަށް އިސްކަން ދިނީކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ހދ މަކުނުދޫއަށް ވަޑައިގެން ވޮލަންޓިއާ ފަޔަރ ފައިޓަރުން ތަމްރީނުކުރުމަށް ހދ މަކުނުދޫގައި ހިންގި އެއް ހަފުތާގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355