twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ހުސްވި އަހަރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް 230 މައްސަލައެއް ހުށަހެޅިފައިވާއިރު 150 މައްސަލަ ނިމިފައިވޭ

Feb 5, 2013

ހުސްވި 2012 ވަނަ އަހަރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޖުމްލަ 230 މައްސަލައެއް ހުށަހެޅުނުއިރު އެ އަހަރުގެ ތެރޭގައި 150 މައްސަލައެއް ނިމިފައިވާ ކަމަށް އެކޯޓުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ އަހަރު ނިމިފަވާ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ ޖިނާޢީ 20 މައްސަލައަކާއި، މަދަނީ 34 މައްސަލައިގެ އިތުރުން އާއިލީ 96 މައްސަލައެކެވެ.

މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން އެ އަހަރު ނިމުނު އިރު ނުނިމިވާ 174 މައްސަލައިގެ ތެރޭގައި 2011 ވަނަ އަހަރު ނިމުނުއިރު ހުކުމަކާހަމައަށް ނުގޮސް ހުރި 94 މައްސަލައެއް ހިމެނެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޖިނާއީ 82 މައްސަލަކާއި މަދަނީ 77 މައްސަލައެއް އަދި އާއިލީ 15 މައްސަލައެކެވެ.

މީގެ ތެރެއިން ޖިނާއީ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ 23 މައްސަލަ އަކާއި ބަދުއަޚުލާޤީ އަމަލު ހިންގުމުގެ 6 މައްސަލައާއި ވައްކަމުގެ 15 މައްސަލައާއި މަކަރާއި ހީލަތް ހެދުމުގެ 2 މައްސަލައެވެ. އަދި މާރާމާރީ ހިންގުމުގެ 10 މައްސަލައިގެ އިތުރުން ފޭރުމުގެ 3 މައްސަލައާއި، ޣައިރު ޤާނޫނީ އެއްވުމުގެ 2 މައްސަލައާއި އަމަން ނަގާލުމުގެ 3 މައްސަލައާއި ދޮގުހެކި ދިނުމުގެ 1 މައްސަލައާއި ޒިނޭގެ 2 މައްސަލައާއި އެހެނިހެން ބާވަތް ތަކުގެ ޖިނާއީ 15 މައްސަލަ އެވެ.

ނުނިމިހުރި މަދަނީ 77 މައްސަަލައިގެ ތެރޭގައި ހިމެނެނީ ތަރިކައިގެ 30 މައްސަލައާއި ބަދަލު ދިނުމުގެ 2 މައްސަލައާއި ސާބިތު ދަރަނީގެ 22 މައްސަލައެކެވެ. އަދި އޭގެ އިތުރުން ގެއްލުމުގެ ބަދަލު ހޯދުމުގެ 1 މައްސަލައާއި ގޯތި ބައި ކުރުމުގެ 3 މައްސަލައާއި ހިބަ ދިނުމުގެ 14 މައްސަލައިގެ އިތުރުން ހުކުމް ތަންފީޒު ކުރުމުގެ 2 މައްސަލައާއި އެހެނިހެން މަދަނީ 3 މައްސަލައެވެ.

މިރިޕޯޓުގައިވާ ގޮތުން އާއިލީ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ ހަރަދު ހޯދުމުގެ 2 މައްސަލައާއި ވަރި ސާބިތުކުރުމުގެ 1 މައްސަލައާއި ވަރިވުމަށް އެދި ހުށައަޅާފައިވާ 5 މައްސަލައާއި ވަރިކުރުމަށް އެދި ހުށައަޅާފައިވާ 2 މައްސަލައިގެ އިތުރުން ހަޟާނާތުގެ 3 މައްސަލައާއި އެހެނިހެން 2 މައްސަލައެވެ.

2012 ވަނަ އަހަރު ނިމުނު އިރު ނުނިމިހުރި 174 މައްސަލައިގެ ތެރޭގައި ހިމެނެނީ ނުނިމި 3 އަހަރު ދުވަސް ވެފާވާ 3 މައްސަލައަކާއި 1 އަހަރު ވެފައިވާ 62 މައްސަލަ އާއި 1 އަހަރު ނުވާ 109 މައްސަލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355