twitterviber whatsapp telegramfacebookyoutube instagram
22nd May 2024

މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ އޭޕްރީލް އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Feb 7, 2013

މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ އޭޕްރީލް އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޯލެވެލްގެ މަދުވެގެން 3 މާއްދާއިން “ސީ” ގްރޭޑުން މަތިން ފާސްވެފައިވާ ކޮންމެ ދަރިވަރަކަށް މި އިންޓޭކުގައި ބައިވެރިވެވޭނެކަމަށް މެޕްސް ކޮލެޖުން ހާމަކުރެއެވެ.

މެޕްސް އިންޓަރނޭޝަނަލް ހައިގެ އޮފިޝަލެއް ވިދާޅުވީ، މިހިނގާ 2013 ވަނަ އަހަރު މެޕްސް އިންޓަރނޭޝަނަލް ހައިގެ އަމާޒަކީ ހުރިހާ ފެންވަރުގެ ދަރިވަރުންނަށްވެސް “އޭ” ލެވެލް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި، އެހެން ގިނަ ސްކޫލުތަކާއި ޚިލާފަށް، 5 މާއްދާ އާހަމައަށް ފާސްވެފައި ނުވިކަމުގައި ވިޔަސް ދަރިވަރުންނަށް މަތީ ތައުލީމް އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ހުޅުވުނު މި ސްކޫލުގައި އެހެން ސްކޫލުތަކުގައި ނުހުންނަ ތަފާތު ގިނަ މާއްދާތަކެއް ކިޔަވައިދެއެވެ. މިގޮތުން ސައިކޮލޮޖީއާއި، ޓްރެވަލް އެންޑް ޓުއަރިޒަމް، އައި.ސީޓީ، ގަވަރމެންޓްސް އެންޑް ޕޮލިޓިކްސް، ލޯ، އަދި ޖެނެރަލް ސްޓަޑީސްވެސް ހިމެނެއެވެ. އެޑްވާންސް އެޑެކްސަލް އިންޓަރނޭޝަނަލް ޑިޕްލޮމާ އޮފާ ކުރާ މި ސްކޫލުގައި ބިޒްނަސް ސްޓްރީމްގެ ހުރިހާ މާއްދާއަކާއި، ދިވެހި، އިސްލާމް އަދި ހިސާބާއި އިނގިރޭސިވެސް ކިޔަވައިދެއެވެ.

މިސްކޫލަށް ވަނުމަށް އެޕްލިކޭޝަން ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 3 އިން އޭޕްރީލް 20 އަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ދަރިވަރަކުވެސް މާއްދާއަކަށް ދައްކަން ޖެހެނީ 400 އާއި 800 އާ ދެމެދުގެ ފީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355