twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ގައުމުން ބޭރުގައި މަސައްކަތް ކޮށްގެން އެންމެ ގިނަ ފައިސާ ގައުމަށް ފޮނުވަނީ އިންޑިއާ މީހުން

Feb 10, 2013

ގައުމުން ބޭރުގައި ތަފާތު މަސައްކަތްތައް ކޮށްގެން ހޯދާ ފައިސާ އެންމެ ގިނައިން ގައުމަށް ފޮނުވަނީ އިންޑިއާ މީހުން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ބަލަހައްޓާ ހިސާބުތަކުން ދައްކާގޮތުން، ނިމިދިޔަ 2012 ވަނަ އަހަރު، އެހެން ގައުމުތަކުގައި މަސައްކަތް ކުރާ އިންޑިއާ މީހުން ވަނީ 70 ބިލިޔަން ޔޫއެސް ޑޮލަރު އެމީހުންގެ އާއިލާތަކަށް ފޮނުވާފައެވެ.

މިލިސްޓުގެ ދެވަނައިގައި ވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު، ޗައިނާ އެވެ. ޗައިނާ މީހުން ވަނީ މިދިޔަ އަހަރު 66 ބިލިޔަން ޑޮލަރު އެތެރެ ކޮށްފައެވެ. އޭގެ ފަހަތުން ފިލިޕީންސް އާއި މެކްސިކޯ މީހުން 24 ބިލިޔަން ޑޮލަރު ރަށަށް ފޮނުވާފައި ވެއެވެ. ނައިޖީރިއާގެ މީހުން 21 ބިލިޔަން ޑޮލަރު ވަނީ ހޯދާ ރަށަށް ފޮނުވާފައެވެ. އޭގެ ފަހަތުން އަންނަނީ މިސްރު، ޕާކިސްތާން، ބަންގްލަދޭޝް، ވިއެޓްނާމް އަދި ލުބްނާނެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނާގޮތުން މިދިޔަ އަހަރު 400 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވަނީ ތަރައްގީ ވަމުން އަންނަ ގައުމަތަކަށް، އެގައުމުތަކުގެ މީހުން އެހެން ގައުމުތަކުގައި މަސައްކަތް ކޮށްގެން، ޓްރާންސްފަރ ކޮށްފައެވެ. ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ އަދަދެއް ތަރައްގީ ވަމުންއަންނަ ގައުމުތަކަށް ޓްރާންސްފަރ ކުރެވިފައި ވުމަކީ، އިގްތިސާދީ ހީނަރުކަމުގެ އަސަރު އެގައުމުތަކަށް ކުރުން ކުޑަ ކުރުވާނެ ކަމެއް ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ވެއެވެ. — ވޯލްޑް ބޭންކް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355