twitterviber whatsapp telegramfacebookyoutube instagram
21st May 2024

ކުޅުދުއްފުށީ ރައްޔިތުންގެ ފުރަތަމަ ހޮވުމަކަށް ވާނީ ޑީއާރުޕީގެ މެނިފެސްޓޯ: ޑރ. މައުސޫމް

Feb 10, 2013

އަންނަ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީ ރައްޔިތުންގެ ފުރަތަމަ ހޮވުމަކަށް ޑީއާރުޕީގެ މެނިފެސްޓޯ ވެގެންދާނެ ކަމަށް ޑީއާރުޕީގެ ކައުންސިލް މެމްބަރ އަދި ކެލާ ދާއިރާގެ މަޖިލިސް މެމްބަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ ޓީމެއް ކުޅުދުއްފުއްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާގުޅޭ ގޮތުން މިނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުސޫމް ވިދާޅުވީ ޑީއާރުޕީގެ މި ދަތުރުގައި ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފާ ކަން އިހްސާސް ކުރެވިއްޖެ ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް ޑީއާރުޕީގެ މެނިފެސްޓޯގައި އިސްކަންދެއްވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ. މިގޮތުން އިޖްތިމާއީ މައްސަލަ ތަކަށާއި ވަޒީފާ ލިބުމުގައި ދިމާވާ ދަތިތަކަށް ރައްޔިތުން އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެނަށް ފާހަގަ ކުރެވުނު މިރަށު ރައްޔިތުން ތިބީ ވަރަށް  މާޔޫސްވެފަކަން. ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ހޯދާ ހެދިން. މެނިފެސްޓޯ އެކުލެވި ނިމޭ އިރު ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ހިމެނިފަ ހުންނާނެ.” މައުސޫމު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޑީއާރުޕީގެ އިސް 3 ބޭފުޅަކު ހިމެނޭ ޓީމަކުން ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާލައްވާފައިވެއެވެ. އަދި އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާ ރައްޔިތުންގެ ޝަކުވާތައް އަޑު އަހާފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޑީއާރުޕީން ރަށްރަށަށް ކުރަމުންދާ މި ދަތުރުތަކުގައި އެކިއެކި ރަށްރަށަށް ގޮސް ރައްޔިތުންގެ ހިޔާލު ހޯދަމުން އަންނައިރު ދަތުރުތައް ނިންމާލުމަށް ވަކި ދުވަހެއް ނިންމާފައި ނުވާކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355