twitterviber whatsapp telegramfacebookyoutube instagram
13th May 2025

އަމާޒަކީ މިއަހަރުގެ ދެވަނަ ސެމިސްޓަރ ފެށޭއިރު ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުން: އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް

Feb 11, 2013

އަފީފުއްދީން ސްކޫލުގެ އަމާޒަކީ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ މިޑް ޓާރމް ބްރޭކަށްފަހު ކިޔެވުން ފެށޭއިރު އެއް ދަންފަޅިއަށް ބަދަލުކުރުން ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާދަމް މޫސާ ވިދާޅުވީ އަލަށް އިމާރާތްކުރެވުނު ކްލާސްރޫމުތަކަށް ބޭނުންވާ ފަރުނީޗަރު ހަމަވެ މިޑް ޓާރމްގެ ފަހުން އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށެވެ.

މިގޮތުން އަލަށް އިމާރާތް ކުރެވުނު 12 ކުލާސް ރޫމަށް ބޭނުންވާ ފަރުނީޗަރުތައް މިމަހުގެ 18 ހާތާ ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވި އެވެ. މިފަހަރު ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލުގައި ދަރިވަރުން އިތުރުވާ މިންވަރާއި އަޅާ ބަލާއިރު ޕްރައިމަރީ ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވާ ކަމަށް ދަންނަވާފައިވާ ކަމަށްވެސް ޕްރިންސިޕަލް  ވިދާޅުވި އެވެ.

2011 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބިންގާ އެޅުނު އައު ކުލާސްރޫމުތައް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަނާއެވެ.

495 ދަރިވަރުން ތައުލީމު ހާސިލް ކުރާ އަފީފުއްދީން ސްކޫލުގައި މިއަހަރު އަލަށް އޯލެވެލް އިމްތިހާނު ހަދަން ފަށާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355