twitterviber whatsapp telegramfacebookyoutube instagram
11th August 2026

އިހަވަންދޫގައި ގްރޭޑް 12 ގެ ދަރިވަރަކު ބަލިވެ އިނދެ ވިހައިފި

Feb 11, 2013

ހއ. އިހަވަންދޫގައި ގްރޭޑް 12 ގެ ދަރިވަރަކު ބަލިވެ އިނދެ ވިހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ ހަސަން ހަނީފް މިނޫހަށް އެކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ އިހަވަންދޫގެ 19 އަހަރުގެ ކުއްޖަކު ބަނޑަށް 7 މަހުގައި ވިހާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ ސުކޫލުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ އެސްކޫލުގެ ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖަކު ވިހާފައިވާ ކަމަށެވެ.

“ރަށު ތެރޭގަ ކިޔާ 7 މަހުގަ އޭ ވިހެއީ. އަނެއްބަޔަކު ކިޔާ 9 މަހުގައޭވެސް. ޔަގީންވާކަމަކީ ވިހައިފިކަން.” އެބޭފުޅާ ވިދާޅުވި އެވެ.

އިހަވަންދޫ ސްކޫލުން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ އެކުއްޖާ އަކީ ޤަވާއިދުން ސުކޫލަށް ހާޒިރުވާ ކުއްޖެއް ކަމަށާއި، އެހެން ނަމަވެސް ފަހުން ވަރަށް މަދު ދުވަހެއްގައި ސުކޫލަށް ނައިސް ހުރި ކަމަށެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވިހާފައިވަނީ އޭނާގެ ގޭގައި ފިރިހެން ކުއްޖެކެވެ. އެހެން ނަމަވެސް މިހާރު އެ ދެ މައިންވެސް ވަނީ އިހަވަންދޫ ސިއްހީ މަރުކަޒަށް ބަދަލުކޮށްފައެވެ.

މިކަމާބެހޭގޮތުން އިހަވަންދޫ ކައުންސިލް އިދާރާއިން ބުނީ އެފަދަ ރިޕޯޓްތައް ކައުންސިލްއަށް އައިސްފައި ނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355