twitterviber whatsapp telegramfacebookyoutube instagram
9th April 2026

އައިޕީއެސް ގެ ކުރީގެ ސުޕަވައިޒަރ ހަސަން އަހުމަދު 3 މަސް ދުވަހަށް ގޭ ބަންދުކުރަން ހުކުމް ކޮށްފި

Feb 14, 2013

މާރާމާރީގެ މައްސަލައެއްގައި ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ ކުރީގެ ސްޕައިވައިޒަރ ކުޅުދުއްފުށީ، ސަންލައިޓް، ހަސަން އަހުމަދު 3 މަސްދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް ހުކުމް ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، 2011 ވަނަ އަހަރުގެ އޯގަސްޓް މަހު މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައިގައި ހަސަން އަހުމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މާރީމާރީ ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

ހަސަން އަހުމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުން މާރީމާރީ ހިންގި ކަމުގެ ދައުވާ އެވެ.

2011 ވަނަ އަހަރުގެ ތެރޭގައި ހަސަން އަހުމަދު އަމިއްލައަށް އެ ސްކޫލުގެ ވަޒީފާއިން ވަނީ ވަކިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355