twitterviber whatsapp telegramfacebookyoutube instagram
1st May 2024

މީރާގެ ކުޅުދުއްފުށީ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

Feb 12, 2013

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހދ. ކުޅުދުއްފުށީ ބްރާންޗް މިއަދު ރަސްމީގޮތުން ހުޅުވައިފި އެވެ.

މީރާގެ ކުޅުދުއްފުށީ ބްރާންޗް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު 9:30 ގައި ބޭއްވި ރަސްމިއްޔާތު އެއޮފީސް ހުޅުވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ހދ. އަތޮޅު ކައުންސިލް އިދާރާގެ ރައީސް ހުސައިން ރަޝީދު އެވެ.

ހދ. ކުޅުއްދުއްފުށީގައި ހުޅުވުނު މީރާގެ ބްރާންޗަކީ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ފޯރުވައި ދިނުމަށް ހުޅުވުނު އޮފީހެއްކަމަށް އެއޮތޯރިޓީއިން މަޢުލޫމާތު ދެއްވައެވެ. އަދި މިއީ މީރާއިން މިހާރު ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި އަދި ޓެކްސްދައްކާ ފަރާތްތަކާއި ވީހާވެސް ގާތުން ދިނުމަށް އެއޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުޙިންމު މަސައްކަތެއްކަމަށާއި، ކުޅުދުއްފުށީގައި ހުޅުވުނު މިއޮފީހުންވެސް މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީގައި ހުޅުވުނު މީރާގެ އޮފީހުން ފޯރުވައިދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކްސްގެ ފައިސާ އަދި ދަޢުލަތަށް ދައްކަންޖެހޭ އިތުރު ޓެކްސްތަކާއި ފީތައް ބަލައިގަތުން ހިމެނެ އެވެ. މީގެ އިތުރުން ޓެކްސްއާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމްވެސް އެ އޮފީހުގައި ހަމަޖެހިފައިވެ އެވެ.

ހދ. ކުޅުދުއްފުށީގައި ހުޅުވުނު މިއޮފީހުގެ އިތުރުން އައްޑޫ ސިޓީގައިވެސް މިފަދަ އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި މިއަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައިވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް މީރާއިން މަޢުލޫމާތު ދެއެވެ.

[yass cats=8]

އިތުރުފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355