twitterviber whatsapp telegramfacebookyoutube instagram
28th August 2025

ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ފަރިރީތި މުހައްމަދު މޫސާ އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

Feb 12, 2013

ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ މުހައްމަދު މޫސާ (ހުޅުދެލީ މުހައްމަދު) އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

“ފަރިރީތި”ގެ ނަމުގައި ކުޅުދުއްފުށީގައި 3 ފިހާރައެއް ހިންގަމުންދާ މުޙައްމަދު މޫސާ އަދާލަތު ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ.

މުހައްމަދު މޫސާ ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އާއި އަމީން ޢާއްމު އަދި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި، އެޕާޓީއިން ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި މުހައްމަދު މޫސާގެ އިތުރުން ރަށުގެ ކަމުވެށިގެންވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު ފުޅު އެޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

އަދާލަތު ޕާޓީން ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކޮށް އެކިއެކި މަޝްވަރާތައް ކޮށްފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރުން އެޕާޓީގެ ޖަލްސާއެއް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބާއްވާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355