twitterviber whatsapp telegramfacebookyoutube instagram
1st May 2024

“ވަން ބިލިއަން ރައިޒިން” ކެމްޕޭން ކުޅުދުއްފުށީގައި ވެސް މިއަދު ހަވީރު ފަށައިފި

Feb 14, 2013

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މުޅި ދުނިޔޭގައި މިއަދު ކުރިއަށް ގެންދާ “ވަން ބިލިއަން ރައިޒިން” ކެމްޕޭން ކުޅުދުއްފުށީގައި ވެސް މިއަދު ހަވީރު ފަށައިފި އެވެ.

މި ކެމްޕެއިން ފެށުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ އޮފީސްތަކާއި އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ޒުވާނުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވި އިވެންޓުގައި، އަނިޔާއާ ދެކޮޅަށް ވަނީ އަޑުއުފުލައިފަ އެވެ.

ކައުންސިލް އިދާރާގެ ކުރިމަތީގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވި މީހުންނާއި މުޚާތަބްކޮށް ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ދެއްކެވި ވާހަކައިގައި ޖިސްމާނީ އަނިޔާ ބޭހުން ރަނގަޅު ކުރެވުނު ކަމުގައި ވިޔަސް ނަފްސާނީ އަނިޔާއެއް މުޅިއުމުރަށް ދެމިހުންނާނެ ކަމަށާއި ކޮންމެ އަންހެނަކަށް ލިބޭ ކޮންމެ އަނިޔާއަކީ ޤައުމުގެ ތަރައްޤީއަށް އެޅިގެންދާ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިއަދު ކުރިއަށްދިޔަ ހަރަކާތުގައި އެކި އެކި މުއައްސަސާ ތަކުން ވަނީ ޝުއޫރު ފާޅުކޮށް ވާހަކަދައްކާފައެވެ. މިގޮތުން ދިރާގާއި، ހދ އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އަމީރު އަމީން ސްކޫލާއި، އިރުމަތި އަވަށު ޕްރީ ސްކޫލާއި، ޖަލާލުއްދީން ސްކޫލާއި، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ޕޮލިސް ސާވިސްގެ ފަރާތުން ވަނީ ޝުއޫރު ފާޅުކޮށް ވާހަކަ ދައްކާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި، ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަނާއި، ކޭވައިޖީ،  ޒިގްޒެގާއި، ކޮރަލް އަދި ވޭތުވެދިޔަ 3 އަހަރުގެ ޔޫތު ލީޑަރޝިޕް ޕްރޮގްރާމްގެ .ބައިވެރިންގެ ފަރާތުން ވެސް ދުވަހާއި ބެހޭ ގޮތުން ޝުއޫރު ފާޅުކުރި އެވެ

މިއަދުގެ މިހަރަކާތުގެ ތެރޭގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ފޮތިގަނޑެއްގައި އަތްތިލާގެ ނިޝާން ވަނ ޖަހާފަ އެވެ.

އަޑުއުފުލުމުގެ މި ހަރަކާތް ކުޅުދުއްފުށީގައި ބާއްވާފައިވަނީ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް އާއި ރަށުގެ މުއައްސަސާތަކާ ގުޅިގެންނެވެ. މިއަދުގެ މި އެއްވުމުގައި ގިނައަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު މިކެމްޕެއިން ވަނީ ފަށާފަ އެވެ. މާލޭގައި ޖުމްހޫރީ މައިދާނުގައި ހާއްސަ ހަރަކާތްތަކެއް މިއަދު ހަވީރު އޮތެވެ.

[yass cats=9]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355