twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޖަލާލުއްދީން ސްކޫލުގެ ކްލަބު ޖަމްއިއްޔާތައް އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވައިފި

Feb 16, 2013

2013 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ ކްލަބު ޖަމްއިއްޔާތައް އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި އޮތް މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ. މި ޖަލްސާގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކައިގައި ކުލަބް ޖަމްއިއްޔާތަކުގެ ރައީސުންނަށް އެއްބާރުލުންދީ ޝައުގުވެރި ކަމާއެކު މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. އަދި މިއަހަރު ތަފާތު ހަރަކާތްތަކެއް ކުލަބުތަކުން އިންތިޒާމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ސްކޫލުގައި ދެވޭ ތައުލީމީ އިލްމުގެ އިތުރުން ކުލަބު ހަރަކާތް ތަކުން އަމަލީ ހުނަރު ދަސްވެގެންދާނެ ކަމަށާއި، މިކަންކަން ބޮޑަށް ދަސްވާނީ ކުލަބުގައި ހަރަކާތްތެރިވި މިންވަރަކުންކަން ޢަލީ އިސްމާޢިލް ފާހަގަ ކުރެއްވި އެވެ.

މިއަހަރު ޖަލާލުއްދީން ސްކޫލުގައި 2 ކްލަބަކާއި 3 ޖަމްއިއްޔާއެއް އުފައްދާފައިވެ އެވެ. އެގޮތުން އިކޯ ކްލަބާއި އާޓް ކުލަބުގެ އިތުރުން ދަރިވަރުންގެ ދިރުން، އިންގްލިޝް ލިޓަރަރީ އެސޯސިއޭޝަން (އީއެލްއޭ) އާއި ބިޒްނަސް ސްޓޫޑެންޓް އެސޯސިއޭޝަން (ބިޒްއެކްޓް) ހިމެނެ އެވެ.

މި ޖަލްސާގައި ކުލަބުތަކާއި ޖަމްއިއްޔާ ތަކުގެ ރައީސުން ވަނީ ވާހަކަ ދައްކާފަ އެވެ. އަދި އީއެލްއޭގެ ފަރާތުން ޕޮއެމްއެއްވެސް ވަނީ ހުށައަޅައިދީފަ އެވެ. މި ޖަލްސާގައި ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355