twitterviber whatsapp telegramfacebookyoutube instagram
19th December 2025

މިއަދު މަހަށް ގޮސް އުޅެނިކޮށް ބޮލަށް ތަދެއް އަރައިގެން ގެނައި މީހަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

Feb 16, 2013

ކުޅުދުއްފުށިން މިއަދު މަހަށް ގޮސް އުޅެނިކޮށް ބޮލަށް ތަދެއް އަރައިގެން ގެނައި، ކުޅުދުއްފުށީ މަޑިވަރު މުހައްމަދު އަލީ، 58 ނިޔާ ވެއްޖެ އެވެ.

ކުޅުދުއްފުށީ މަސްދޯންޏެއް ކަމުގައިވާ “ހޯގުޅާ” ދޯނީ ގެ ފަޅުވެރިއެއް ކަމުގައިވާ މުޙައްމަދު ޢަލީ މިއަދު ހެނދުނު ނިޔާވީ 10:40 ހާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހޯގުޅާ ދޯނީގެ ފަޅުވެރިޔަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނީ މިއަދު ގާތްގަނޑަކަށް 9:20 ހާއިރު މުހައްމަދު އެން އުކަން ހުރެފައި ފެނުނީ އިނީން މަންޒަރު ކަމަށާއި ވަގުތުން ދޯނީގެ ފަޅުވެރީން އޭނާއަށް ކިހިނެއް ވީތޯ ސުވާލު ކުރުމުން އޭނާ ބޮލަށް ތަދުވަނީ ކަމަށް ބުނި ކަމަށެވެ. އަދި ހަމަ ވަގުތުން ރަށަށް އައުމަށް ދަތުރު ފެށިކަމަށް ވެސް އޭނާ މަޢުލޫމާތު ދިނެވެ.

އޭރު ހޯގުޅާ ދޯނި އޮތީ ކުޅުދުއްފުއްޓާ ގާތްގަނޑަކަށް 12 ވަރަކަށް މޭލު ބޭރު ގައި ކަމަށާއި، ކުޅުދުއްފުއްޓަށް 10:40 ގައި އައިއިރު ފުރާނަ ހުރިކަމަށް ފަޅުވެރިއެއް ބުންޏެވެ.

މުޙައްމަދު ޢަލީ ނިޔާވާން ދިމާވި ސަބަބެއް ހޮސްޕިޓަލްއަށް ގުޅައިގެން ވަނީ ސާފުވާގޮތްނުވެފައެވެ. މުޙައްމަދު ޢަލީ ވަނީ މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މިއަދަކީ ހިތުގެ އޮޕަރޭޝަން ކުރި ފަހުން 1 އަހަރުވީ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355