twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީ ދިވެލި ފިހާރައިން ފޭރުނު މައްސަލައިގައި ހޯދަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި

Feb 16, 2013

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ދިވެލި ފިހާރައިގެ ސޭޓަށް ބިރުދައްކާ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހޯދަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

އިއްޔެ ހަވީރު 5:30 ހާއިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ގުމްރީގެ، ޞަބާހު މުޙައްމަދެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ގެއިން ނެވެ.

ފުލުހުން ހައްޔަރު ކޮށްފައިވާ ޞަބާހު މުޙައްމަދުގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

މިމައްސަލައިގައި ކުށުގެ ވެށިންވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ކުޅުދުއްފުށީ ޒޭވަރު، އަބްދުލް ގާދިރު މުހައްމަދު، 21 އެވެ. ދިވެލި ފިހާރައިން ކުރިން މިނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެކިފަހަރު މަތިން ގާތްގަނޑަކަށް 6000 ރުފިޔާ ވަނީ އެފިހާރައިން ފޭރިގަނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355