twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ފާޅު ބޯޓުގެ ހުންގާނު ހަލާކުވުމުގެ ސަބަބުން ކަފުޖަހައިގެން މާލެ ގެންގޮސްފި

Feb 17, 2013

އިއްޔެ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ކުޅުދުއްފުށީ ފާޅު ބޯޓުގެ ހުންގާނު ހަލާކުވުމުގެ ސަބަބުން ކަފުޖަހައިގެން މާލެ ގެންގޮސްފި އެވެ.

މިނޫހަށް މައުލޫމާތު ދެމުން ފާޅު ބޯޓުގެ ކޭޝިއަރ ބުނީ ހުންގާނު ހަލާކުވެފައިވަނީ ރޭ 1 ޖަހާ އެހާކަން ހާއިރު ކާށިދޫ އާ ހިސާބުން ކަމަށެވެ. އަދި ހުންގާނު ހަލާކުވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ކޭޝިއަރު އިތުރަށް ބުނީ ހުންގާނު ހަލާކުވުމުގެ ސަބަބުން ބޯޓު މާލެ ގެެނެސްފައި ވަނީ ދޮނަކުޅި ރިސޯޓުގެ ސަޕްލައި ބޯޓުގެ އެހީގައި ކަމަށެވެ. ބޯޓުގެ ހުންގާނު ހަލާކުވުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ފާޅު ބޯޓު ކުޅުދުއްފުއްޓަށް އައުމަށް ދަތުރުކުރަނިކޮށް އިންޖީނުގައި އަލިފާންރޯވެ އިންޖީނު ހަލާކުވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ދަތުރުތައް ހުއްޓާލާފައި އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355