twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރީތިރަށް ރިސޯޓް ކައިރިން ލޯންޗަކާއި ތެޔޮބާޖެއް ޖެހި ހިނގި އެކްސިޑެންޓްގައި ކުޅުދުއްފުށީ މީހެއް ގެއްލިއްޖެ

Feb 17, 2013

މާލެ އަތޮޅު ރީތިރަށް ރިސޯޓް ކައިރިން މާލެ ދަތުރުކުރި ލޯންޗަކާއި ތެޔޮބާޖެއް ޖެހި ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓި ކުޅުދުއްފުށީ މީހެއް ގެއްލިއްޖެ އެވެ.

އެކަން ކަށަވަރު ކޮށްދެމުން ޕޮލިސް މީޑިއާ އޮފިސަރ ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ހދ ކުޅުދުއްފުށީ ޒޭވަރު، ދާއޫދު މުހައްމަދު، 28، އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕޮލިހުން ބުނެއެވެ. ދާއޫދުގެ އާއިލާއިން ވެސް ވަނީ އޭނާއާ ނުގުޅޭކަމަށް ބުނެފަ އެވެ. މުޙައްމަދު ދާއޫދަކީ ރީތިރަށް ރިސޯޓުގެ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

މިހާދިސާގައި އެ ލޯންޗުން ދަތުރުކުރި 9 މީހުންގެ ތެރެއިން 8 މީހަކަށް އެކިވަރުގެ އަނިޔާތައް ވެގެން އައި.ޖީ.އެމް ހޮސްޕިޓަލުންނާއި އޭ.ޑީ.ކޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާ ލިބިފައިވަނީ އެ ލޯންޗުން ދަތުރުކުރި 6 ދިވެހިންގެ ތެރެއިން 5 ދިވެއްސަކަށާއި އިންޑިއާ 02 މީހެއްގެ އިތުރުން ފިލިޕިންސް މީހަކަށެވެ.

މިހާދިސާގައި ދަތުރު ކުރި ރީތިރަށުގެ ލޯންޗު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ތެޔޮ ބާޖަށްވެސް އެކިވަރުގެ ގެއްލުންވެފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށްޓަކައި މެރިން ޕޮލިސް އިން ދަނީ މި ހާދިސާ ތަހްޤީޤް ކުރަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355