twitterviber whatsapp telegramfacebookyoutube instagram
1st May 2024

ސްރީލަންކާގައި ބާއްވާ ބައިނަލްއަގްވާމީ ސްކައުޓް ޖަމްބޮރީއެއްގައި ކުޅުދުއްފުށީ ސްކޫލުތަކުގެ ސްކައުޓުން ބައިވެރިވެއްޖެ

Feb 18, 2013

ސްރީލަންކާގައި ބާއްވާ ދުނިޔޭގެ އެކި ގައުމުތަކުގެ ސްކައުޓުން ބައިވެރިވާ ބައިނަލްއަގްވާމީ ސްކައުޓް ޖަމްބޮރީއެއްގައި ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކުގެ ސްކައުޓުން ބައިވެރިވެއްޖެ އެވެ.

ސްރީލަންކާގެ ކެންޑީގެ ކޮލެޖެއް ކަމުގައިވާ ދަރުމަރާޖާ ކޮލެޖްގެ “ފަސްޓް ކެންޑީ ދަރުމަރާޖާ ސްކައުޓް ގުރޫޕް” އަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ ސްކައުޓް ޖަމްބޮރީ “ރިސްގޯ ސެންޓެނިއަލް 2013” ގައި ކުޅުދުއްފުށިން ބައިވެރިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓް ގްރޫޕް “ފަސްޓް ހދ ސްކައުޓު”ންގެ 12 ދަރިވަރުންނާއި ސްކައުޓް ލީޑަރު އަހުމަދު ފަހީމެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ ފަސްޓް ސްކައުޓް ގްރޫޕަކީ އެ ސްކޫލުގެ ސްކައުޓު ގްރޫޕް ކަމުގައި ވިޔަސް މި ޖަމްބޮރީގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ވެސް ހިމެނޭނެ އެވެ.

ސްރީލަންކާގެ ކޭންޑީގައި މިއަދުން ފެށިގެން މިމަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ޖަމްބޮރީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްކައުޓުންނާއި، ރޯވާއިންނާއި، ގާލްގައިޑުންގެ އިތުރުން ލީޑަރުންނާއި އޯލްޑް ސްކައުޓުން ހިމެނޭގޮތަށް 5000 ބައިވެރިވެރިން ހަރަކާތްތެރިވާނެ އެވެ.

މި ޖަމްބޮރީގައި ވޯޓަރ އެކްޓިވިޓީސް އާއި، ލީޑަރޝިޕް ހުނަރުތަކާއި، ކޭމްޕް ފަޔަރ އަދި އާސާރީ ތަންތަނަށް  ޒިޔާރަތް ކުރުމުގެ އިތުރުން ގުޅުންތައް ބަދަހިވާ ހަރަކާތްތައް ދަސްކޮށްދޭނެ އެވެ.

މި ޖަމްބޮރީގެ ތީމެއްގެ ގޮތުން ހަމަޖައްސާފައި ވަނީ “ޓުވަރޑްސް ގްލޯބަލް ލީޑަރޝިޕް” އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355