twitterviber whatsapp telegramfacebookyoutube instagram
9th April 2026

މިއަދު ހެނދުނު ކުޅުދުއްފުއްޓަށް އައި ތިނަދޫ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި

Feb 19, 2013

މިއަދު ހެނދުނު ކުޅުދުއްފުއްޓަށް އައި ގދ. ތިނަދޫ މީހަކު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހެނދުނު ކަމަށެވެ.

އުމުރުން 19 އަހަރުގެ މި މީހާ ކުޅުދުއްފުއްޓަށް އައީ މިއަދު ހެނދުނު މާލެއިން ކުޅުދުއްފުއްޓަށް އައި ބޯޓަކުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑު ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 15 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355