twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކެއްގެ ފައި ބިންދައިގެން ގޮސްފި

Feb 20, 2013

ކުޅުދުއްފުށީގައި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއް ހިނގައި، ސައިކަލު ދުއްވި އެއް މީހެއްގެ ފައި ބިންދައިގެން ގޮސްފި އެވެ.

މި އެކްސިޑެންޓުގައި ފައި ބިންދައިގެން ގޮސްފައިވަނީ ކުޅުދުއްފުށީ އެރޯމާ މުހައްމަދު އަލީ، 25، އެވެ. މުހައްމަދުގެ ކަށިމަތީގެ މެދުން ދެކަށިގަނޑު ބިންދައިގެން ގޮސްފައިވާތީ އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މުޙައްމަދު އަލީ ދުއްވަން އިން ސައިކަލުގައި ޖެހި އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިން ކުޅުދުއްފުށީ ދިލާސާގެ އަބްދު ﷲ ޢަލީ، 23، އަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް މަންޒަރުދުއް ފަރާތަކުން ބުންޏެވެ. އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިއަދު ހެނދުނު 8:40 ހާއިރު ކުޅުދުއްފުށީ މިސްކިތްމަގުގައި ޖަންބުގަސްދޮށުގެ ކުރިމަތީގައި 2 ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގެ ހަބަރު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު ސީން ރޫޅާލާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓްގައި ދެސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު މިމައްސަލަ ގެންދަނީ ތަހުގީގް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355