twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެމްއެންޑީއެފްއާއި ކުޅުދުއްފުށީގެ ސްކޫލުތަކާއި ގުޅިގެން ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަނީ

Feb 21, 2013

“ކޮންމެ ދަރިވަރަކީ ފަތަން ދަސްވެފައިވާ ދަރިވަރެއް” މި ޝިއާރުގެ ދަށުން ކުޅުދުއްފުށީގެ ސްކޫލުތަކާއި އެމްއެންޑީއެފްއާ ގުޅިގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފި އެވެ.

އަފީފުއްދީން ސްކޫލުން މައުލޫމާތު ދެއްވިގޮތުގައި ގްރޭޑް 4 އަދި 5 ގެ ޖުމްލަ 70 ދަރިވަރުން ފަތަންދަސްކުރުމުގެ މި ޕްރޮގްރާމަގައި ބައިވެރިވާނެއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން މިޕްރޮގްރާމް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ލިޓިލްމެއިޑް ކުދިން ހާސިލް ކުރަންޖެހޭ  ބައެއް ބެޖްތައް ހޯދުމަށްޓަކައި ފަތަން ދަސްވުން ހިމެނިފައިވާތީ އެމްއެންޑީއެފް އާއި ގުޅިގެން 3 ހަފްތާގެ މުއްދަތަކަށް މި ޕްރޮގްރާމް އެސްކޫލުގެ ދަރިވަރުންނަށްވެސް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ދެއްވައެވެ. މި ޕްރޮގްރާމުގައި 103 ލިޓިލްމެއިޑުން ފަތަން ދަސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަތަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމްގައި ދަރިވަރުންގެ ސަލާމަތާބެހޭ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެމްއެންޑީއެފް ގެ ފަރާތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355