twitterviber whatsapp telegramfacebookyoutube instagram
12th February 2026

ވިޔަފާރިވެރިން ބީޕީޓީއަށް އަހުލުވެރިކުރުމަށް ބައްދަލުވުމެއް މީރާއިން ބާއްވައިފި

Feb 20, 2013

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިން ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އަށް އަހުލުވެރިކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފި އެވެ.

މިރޭ ޤައުމީ އިދާރާގެ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި މީރާއިން  ބީޕީޓީއާ ބެހޭގޮތުންނާއި، އިންޓަރެކްޓް ޕޭމަންޓާއި، ޓެކްސް ނަގާ ސަބަބާއި، މިންވަރާއި، ހިސާބު ކުރުމުގެ އުސޫލުތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ދެއްވާ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވީ މީރާގެ އެސިސްޓެންޓް އޮފިސަރ ފާތިމަތު ނަހުލާ އެވެ. އެހެން ނަމަވެސް ވިޔަފާރި އާއި ޓެކްސް އާ ބެހޭ ޤާނޫނު އެކުލެވިފައިވާ ގޮތުން ބައިވެރިން ކުރި ބައެއް ސުވާލުތަކަށް މީރާގެ އޮފިޝަލަށް ފުރިހަމައަށް ޖަވާބު ނުދެވުމުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިއީ  މައުލޫމާތު ދިނުމަށް މީރާއިން ކުޅުދުއްފުށީ ގައި ބޭއްވި 3 ވަނަ ބައްދަލުވުމެވެ. މިރޭގެ މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 20 މީހުންނެވެ.

[yass cats=10]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355