twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށީ ޤުރުއާން މުބާރާތް 83 ދަރިވަރުންނާއެކު މިއަދު ފެށިއްޖެ

Feb 22, 2013

ކުޅުދުއްފުށީ ކައުންސިލް އިން ބާއްވާ ކުޅުދުއްފުށީ ޤުރުއާން މުބާރާތް 83 ދަރިވަރުންނާއެކު މިއަދު ފެށިއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ނެގުމަށް ބާއްވާ މި ޤުރުއާން މުބާރާތް މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގެ ހޯލުގައި ފެށުނު އިރު، މި މުބާރާތުގެ ހެނދުނު ދަންފަޅީގައި ކިޔަވާފައިވަނީ 24 ދަރިވަރުންނެވެ. އަދި މެންދުރު ދަންފަޅީގައި 20 ދަރިވަރުން ކިޔަވާނެއެވެ. އިތުރު 39 ދަރިވަރުން ކިޔަވާނީ މާދަމާ އެވެ.

މި މުބާރާތުގައި ކުޅުދުއްފުށީގެ 5 ސްކޫލުގެ އިތުރުން 3 ޤުރުއާން ކުލާހަކުން ދަރިިވަރުން ވަނީ ބައިވެރިކޮށްފައެވެ. މިގޮތުން ރިއޯ ޤްރުއާން ކުލާހާއި، މައިޒަން ޤުރުއާން ކުލާހާއި ސަފާޔާ ޤުރުއާން ކުލާހުގެ ދަރިވަރުން ވަނީ މިމުބާރާތުގައި ބައިވެރި ވެފައެވެ. މީގެ އިތުރުން އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 2 އުމުރު ފުރާއިން 15 ކުދިން ބައިވެރިކޮށްފަ އެވެ

ޤުރުއާން މުބާރާތަށް ތައްޔާރު ވުމަށް ލިބުނު ވަގުތު ކުޑަކަމަށް ބުނެ ބައެއް ސްކޫލުތަކުން މީގެ ހަފްތާއެއް ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

[yass cats=11]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355