twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކުޅުދުއްފުށީގެ ސްކޫލުތަކުގައި ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި

Feb 22, 2013

ކުޅުދުއްފުށީގެ ސްކޫލުތަކުގައި ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި އެވެ.

ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި ވެސް ފާހަގަ ކުރި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ރޭވަނީ ސްޓޭޖް ހަރަކާތް ތަކެއް ބާއްވާފައެވެ. މިގޮތުން ބަސްތައް ބަދަލުވާ ގޮތާއި، އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނިވާ  ގޮތާއި، ރާއްޖޭގެ ކަންކޮޅު ތަކުގައި ބޭނުންކުރެވޭ ބަހުރުވައިގެ ތަފާތު ކަމުން ބަހަށް ލިބިގެންދާ ކުރިއެރުން ދައްކުވައިދޭ ޑްރާމާތައް ވަނީ ހުށައަޅައިދީފައެވެ. އަދި ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ބާވަތްތަކަށް އަލިއަޅުވާލާ ތަމްސީލްތައް ވަނީ ހުށައަޅައިދީފައެވެ.

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލުގައި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ ޚާއްސަ ހަރަކާތް ތަކެއް ބާއްވާފައެވެ. އެގޮތުން ދަރިވަރުން ޡަޤާފީ ހެދުމުގައި ވަނީ ބަންޖާއި، ރައިވަރާއި، ފަރިހިި އަދި ޅެން ފަދަ ތަކެތި ހުށައަޅައިދީފަ އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ އަމީރު އަމީން ސްކޫލުގެ ދަރިވަރުންނަށް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

[yass cats=12]

އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355